Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީނަށް ނާއިންސާފުން ދޭ އަނިޔާއަށް އިންސާފު ޤާއިމް ކުރެވޭނެ: ވަކީލު ޝިޔާޒް

ރައީސް ޔާމީނަށް ނާއިންސާފުން ދޭ އަނިޔާއަށް އިންސާފު ޤާއިމް ކުރެވޭނެ: ވަކީލު ޝިޔާޒް

ސަރުކާރާއި ސަރުކާރުން ހިންގާ ކޮމިޝަންތަކާއި އެކިއެކި ނަންތައް ކިޔައިގެން މަގާމުގައި ތިއްބެވި ބޭފުޅުން 2023ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18ވަނަ ދުވަހު ރާއްޖޭގައި ތިއްބަވާނެތޯ ސުވާލު އުފައްދަވައި ނާއިންސާފުން ދޭ އަނިޔާއަށް އިންސާފު ޤާއިމު ކުރެވޭނެކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

ޝިޔާޒް މިހެން ވިދާޅުވީ މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަޙްގީގަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފަައްދައިފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރުވާން އަންގަވައިފައިވަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"2023 ނޮވެމްބަރ 18ވަނަ ދުވަހު މިހާރުގެ ސަރުކާރާ ،ސަރުކާރުން ޖަރީމާ ހިންގާ ކޮމިޝަންތަކާއި އެކި ނަންނަން ކިޔައިގެން މަޤާމްތަކުގައި ތިބި މީހުން މި ރާއްޖޭގައި ތިބޭނެބާއެވެ؟ މިއަދު ނާއިންސާފުން ދޭ އަނިޔާއަށް މާދަމާ އިންސާފު ޤާއިމް ކުރެވޭނެއެވެ." ޝިޔާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/AbdullaSiyaz/status/1421853771894693892

ދައުލަތުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް އުފުލާ ދެ ދަޢުވާއަކާ ގުޅިގެން މިއަދު ވަނީ އިބްތިދާއީ އަޑު އެހުމެއް ބާއްވައިފައެވެ. މިއަދު ކުރިއަށް ގެންދިޔަ މި މައްސަލައިގެ އިބްތިދާޢީ އަޑުއެހުމުގައި އޮތީ ދައުލަތާއި ދިފާއުން ހެކި ހުށަހެޅުމެވެ. އަދި އަޑު އެހުން ނިންމައިލައިފައި ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ދައުލަތާއި ދިފާޢަށް 10 ދުވަހުގެ މުއްދަތު ދީފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް