ޚަބަރު ސިޔާސީ

ސަރުކާރުގެ ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާއި ބިރު ދެއްކުން ދަނީ އިތުރުވަމުން: އަދުރޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އިދިކޮޅު ކޯލިޝަން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ފެއިލްވަމުންދާ ވަރަކަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ޖެއްސުން ކުރުމާއި ބިރު ދެއްކުން އިތުރުވަމުން އަންނަ ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެވެ.

Ads by Sosun Fihaara

އަދުރޭ މިހެން ވިދާޅުވެފައި ވަނީ، މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރު ކުރަން އެންގި ޚަބަރުގެ ސްކްރީންޝޮޓެއް ހިއްސާ ކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ ދެ ދަޢުވާއެއްގެ އަޑު އެހުން މިއަދު ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އިދިކޮޅުން ބުނަމުން އަންނަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ބަހަށް ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ކުރަނީ ސިޔާސީ ދަޢުވާއެއް ކަމަށެވެ.

އަދުރޭ މިރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޔާމީނަށް ބިރު ދައްކާ ފުރައްސާރަ ކުރިޔަސް، އެމަނިކުފާނަކީ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީން ކޮންމެ ކަމަކާ ވެސް ކުރިމަތި ލައްވާނީ ކެރި ވަޑައިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުކުރަން ނިންމައިފައި ވަނީ، މިނިވަން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ކަމަށް އެ ކޮމިޝަނުން ހާމަކުރެއެެވެ.

ރިލްވާން ގެއްލުވައި ލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ ރިޕޯޓެއް ހާމަކޮށްފައެވެ. އެގޮތުން އެ ރިޕޯޓުގައި ބުނެފައި ވަނީ ހުޅުމާލެއިން ރަތް ކާރަކަށް އަރުވައިގެން ވަގަށް ނަގައިގެން ގެންދިޔުމަށް ފަހު، ޑިންގީއެއްގައި ގެންގޮސް ރިލްވާންގެ ކަރު ބުރިކޮށް މަރައިލައިފައިވާ ކަމަށެވެ. އަދި މިކަމުގެ ފަހަތުގައި ތިބީ ހަރުކަށި ފިކުރުގެ ބައެއް ކަމުގައި ވެސް ބުނެފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!