Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 115 މީހުން

ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 115 މީހުން

ރާއްޖެއިން މިއަދު އިތުރު 115 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 23 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 78 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު 12 މީހުން ފައްސި ވެފައިވެއެވެ.

Advertisement
HDC — Sidebar (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 77،547 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 74،758 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 20 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 221 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް