Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"ވެށިފަހި" މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް ނެގި ބިންތައް ވިއްކަން ހުޅުވާލަނީ

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން 2011 ގައި ދައުލަތަށް ނެގި 48 ބިމެއް، އަކަފޫޓަކަށް 2،000 ރުފިޔާގެ މަގުން ވިއްކަން ސަރުކާރުން ނިންމައިފިއެވެ.

ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

"ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން 2011ވަނަ އަހަރު ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަތުމުގެ ފުރުސަތު، އެ ބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް ހުޅުވާލަން ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މި ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

މި ބިންތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 2021ވަނަ އަހަރުގެ ޖޫން 28ގައި ގެޒެޓްކޮށްފައިވާ އުސޫލުގެ ދަށުންނެވެ. މި އުސޫލުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 48 ބިމެއް ވިއްކުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާފަންނުން 21 ބިމާއި، މައްޗަންގޯޅިން 10 ބިމާއި، ހެންވޭރުން ނުވަ ބިމާއި، ގަލޮޅުން ހަތް ބިމުގެ އިތުރުން ވިލިމާލެއިން އެއް ބިމެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި ބިންތައް ވިއްކަން ނިންމާފައި ވަނީ އަކަފޫޓަކަށް 2،000 ރުފިޔާގެ މަގުން ކަމަށެވެ. ބިން ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެއެވެ. ވިއްކާ ބިންތަކުގެ ތަފްސީލީ ޗާޓުތައް އާދިއްތަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް