Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ދިފާޢު: ވެކްސިން ޖަހަން ބުކިން ހެދުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވެ ދިނުމަށް ޑެސްކުތަކެއް!

ކޮވިޑް ދިފާޢު: ވެކްސިން ޖަހަން ބުކިން ހެދުމުގައި ދިމާވާ ދަތިތަކަށް އެހީތެރިވެ ދިނުމަށް ޑެސްކުތަކެއް!

ކޮވިޑް-19އިން ރައްކާތެރިވާން ވެކްސިން ޖެހުމަށް ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމަށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެކްސިން ސެންޓަަރުތަކުގައި ހެލްޕް ޑެސްކުތަކެއް ބަހައްޓައިިފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖެހުމަށް ވެބްސައިޓް މެދުވެރިކޮށް ބުކިން ހެއްދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ދިނުމަށް ހުރިހާ ވެކްސިން ސެންޓަަރުތަކެއްގައި މާދަމާއިން ފެށިގެން ހެލްޕް ޑެސްކުތަކެއް ބަހައްޓައިފައި ހުންނާނެ ކަމަށެވެ. އަދި ބިދޭސީންނާއި ދިވެހިންނަށް އެހީތެރިވުމަށް ރެޑް ކްރެސެންޓްގެ ހެލްޕު ޑެސްކްތަކެއް ހުންނާނެ ކަމަށް ވެސް ބުންޏެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖެހުމުގައި މިއީ ރާއްޖޭގައި ހިންގާ އެންމެ ބިޔަ ޕްރޮގްރާމް ކަމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ކުރިން ވިދާޅުވެފައެވެ. ރާއްޖެއަކީ ކޮވިޑް ވެކްސިން ކެންޕެއިން އެންމެ ކާމިޔާބުކޮށް ހިންގާ އެއް ގައުމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް