ޓެކްނޮލޮޖީ

ބެޓެރި ސްޕީޑް ބޯޓް އުފެއްދުމުގެ މަސައްކަތާއެކު އިތުރު ހަރުފަތަކަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބެޓެރިން މަސައްކަތް ކުރާ ސްޕީޑް ބޯޓެއް ތަޢާރަފްކުރުމުގެ މަސައްކަތް ރޮކެޓް އިންޖީނިއަރުންތަކެއް ފަށައިފިއެވެ.

Ads by MWSC

އެ ސްޕީޑް ބޯޓު ހެދުމުގެ މަސައްކަތް ކުރަމުންދާދަ އާކް ބޯޓް ކޮމްޕެނީއިން ބުނީ އެ ސްޕީޑް ބޯޓުގެ އަގަކީ 300،000 ޑޮލަރު ކަމަށާއި އެ ބޯޓުގެ މާކެޓަށް ނެރެވޭނީ މި އަހަރު ނިމޭއިރު ކަމަށެވެ.

އެ ކޮމްޕެނީގެ ޗީފް އެގްޒެކެޓިވް، މިޗް ލީ ބުނީ އެ ސްޕީޑް ބޯޓު ވެގެންދާނީ ތިމާވެއްޓާ ރައްޓެހި، ގެންގުޅެން ފަސޭހަ އަދި ހަރަދު ކުޑަ ބޯޓަކަށް ކަމަށެވެ. އޭނާ ބުނީ މިހާރު ހުންނަ އުޅަނދުތަކުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ކުރާ ކަމަށެވެ. އެގޮތުން ޕެޓްރޯލް، ޑީސެލް ފަދަ ތަކެއްޗާއި ބޮޑެތި ބޯޓުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެފައި ވެއެވެ.

މިޗް ލީ އިތުރަށް ބުނީ އެންމެ ފުރަތަމަ ތައްޔާރުކޮށް ވިއްކާ ސްޕީޑް ބޯޓުތައް އަގު ބޮޑުވި ނަމަވެސް ފަހުން އަގުހެޔޮ ވާނެކަމަށެވެ. ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެކު ބޯޓު ތައްޔާރުކުރަން ބޭނުންވާ ސާމާނުގެ ހޯދަން ފަސޭހަވެގެންދާނެކަމަށް އޭނާ ބުންޏެވެ.

އެ ބޯޓުގެ މަސައްކަތް ފަށައިފައި ވަނީ ފެބްރުއަރީ މަހު ކަމަށާއި މިހައިތަނަށް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭކަމަށް ވެސް މިޗް ލީ ބުންޏެވެ. އަދި އޭނާގެ އުންމީދަކީ ވީހާވެސް އަވަހަށް ބޯޓުގެ މަސައްކަތް ނިންމައިލުން ކަމަށް އޭނާ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!