Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުލުހުންގެ ޔުނީފޯމްގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ފަށައިފި

ފުލުހުންގެ ޔުނީފޯމްގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ފަށައިފި

ފުލުހުންގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޔުނީފޯމުގައި ހަރުކުރާ ކެމެރާ ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަމަށް ޓަކައި ބީލަން ހުށައެޅުމަށް އިއްޔެ ހުޅުވައިލި ފުރުސަތުގައި 1400 ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނީފޯމްގައި ހަރުކުރާ ކެމެރާ ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ފުރުސަތު ހުޅުވައިލައިފައެވެ. އަދި މި މަސައްކަތަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުގެ މަތިންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް  -/15,00 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެ ކަމަށެވެ. އަދި ފައިސާ ދެއްކުން ކުރިއަށް ގެންދަވަން ޖެހޭނީ އޮންލައިން ޕްލެޓްފޯމް ބަނޑޭރިޕޭ މެދުވެރިކޮށްކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި ތިންލައްކަ ނުވަދިހަ ހާސް ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސްކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށައަޅާ ބީލަން ހުޅުވުން އޮންނާނީ 31 އޮގަސްޓު 2021 ވާ އަންގާރަ ދުވަހުގެ 13:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް <a href="http://www.finance.gov.mv/"><strong>www.finance.gov.mv</strong></a>  އިން 3 އޮގަސްޓް 2021 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް