Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަނީ

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރަނީ

ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ރައީސް ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ރައީސް ޔާމީން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރަނީ ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކޮށްގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ކުރަމުންދާ ތަހުގީގަށް ރައީސް ޔާމީންގެ ބަޔާން ނެގުމަށް ކަމަށެވެ.

ވ. އާރަށާ ގުޅޭ މައްސަލައަކީ، ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި މިއަހަރުގެ އެޕްރީލް މަސް ތެރޭގައި ޕީޖީ އޮފީހަށް ފޮނުވައިފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތަހްގީގް އަލުން ފުލުހުންގެ އިދާރާއިން ފަށާފައިވާއިރު، މި މައްސަލައިގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ފުރަތަމަ ހާޒިރުކޮށްފައި ވަނީ 10 ޖުލައިގައެވެ.

Advertisement
Allied — Dhen Online (box)

މަނީލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ، ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. 2019 ވަނަ އަހަރު ދަށު ކޯޓުން އިއްވި އެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ފަހު ރައީސް ޔާމިންގެ ފަރާތްޕުޅުން މިހާރުވަނީ އެ މައްސަލަ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށް ވެސް ހުށައަޅައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް