Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސަރުކާރުގެ މުއައްޒަފުންނަކީ ވެކްސިން ޖަހައިފައިވާ ބަޔަކަށް ހަދަން އެޗްޕީއޭއިން އެދިއްޖެ

ސަރުކާރުގެ މުއައްޒަފުންނަކީ ވެކްސިން ޖަހައިފައިވާ ބަޔަކަށް ހަދަން އެޗްޕީއޭއިން އެދިއްޖެ
ސަރުކާރުގައި މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންނަކީ ކޮވިޑް-19 ވެކްސިން ޖަހައިފައިވާ ބަޔަކަށް ހެދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީންއިން އެދިއްޖެއެވެ. އެޗްޕީއޭއިން މިއަދު ނެރުނު ދެ ސާކިއުލާއެއްގައި ސަރުކާރު އޮފީސްތަކާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރަނީ ވެކްސިން ޖަހާފައިވާ މުވައްޒަފުންކަމަށް ހެދުމަށް ވަނީ އެދިފައެވެ.

އަދި މި ސާކިއުލާގައި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ފުރިހަމަކުރެވޭ ވަރަށް ވެކްސިން ލިބިފައި ވާތީ އެފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ވެސް ވަނީ އެދިފައެވެ. އަދި ހަމަ އެހެންމެ ވެކްސިން ޖެހުމަކީ ބަލިން ރައްކާތެރިކަން ލިބިގަތުމަށާއި ބަލީގެ ނުރައްކާތެރިކަން ކުޑަކުރަން ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު ސާކިއުލާގައި ވަނީ އެދިފައެވެ.

ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަށް މި މަސް ނިމުމުގެ ކުރިން ވެކްސިނުގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑު ކެމްޕެއިންގެ ދަށުން ގިނަ ކަންތައްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. މިގޮތުން ދިރާސީ އައު އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ސުކޫލުތަކަށް ވަދެވޭނީ ވެކްސިނުގެ ދެ ޑޯޒް ޖަހައި ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް