Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އުމަރު ޕީޕީއެމްއަށް: މިނިވަން ކަމަށް ބުރޫ އަރާ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އަޅުގަނޑު، އަޅުގަނޑާ އެކު މަސައްކަތް ކުރުމަށް ދައުވަތު ދެން!

އުމަރު ޕީޕީއެމްއަށް: މިނިވަން ކަމަށް ބުރޫ އަރާ ވާހަކަ އެންމެ ފުރަތަމަ ދެއްކީ އަޅުގަނޑު، އަޅުގަނޑާ އެކު މަސައްކަތް ކުރުމަށް ދައުވަތު ދެން!

ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަމަށާއި އެމަނިކުފާނާ އެކު މަސައްކަތް ކުރުމުގެ ދައުވަތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް ދެއްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެމްޕެއިނާ ގުޅުމުގެ ދައުވަތު އެ ކޯލިޝަނުން ސިޔާސީ ފަރާތްތަކަށް ދެއްވާފައިވާއިރު، އެ ކެމްޕެއިނާ ގުޅުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ "ދެން"އިން ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު ކުރައްވާ މަސައްކަތާ ގުޅުމުގެ ދައުވަތު ޕީޕީއެމްއަށް އަރުވާ ކަމަށެެވެ.

"އަޅުގަނޑު ޕީޕީއެމްއަށް ދައުވަތު ދެން އަޅުގަނޑުމެންގެ 'އައު މިސްރާބު' ކެމްޕެއިނުގައި ބައިވެރިވާން." އުމަރު ނަސީރު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޤައުމު މިނިވަން ކުރުމުގެ ނަމުގައި ޕީޕީއެމްއިން ކުރަމުން ގެންދާ މަސައްކަތާ މެދު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އެބޭފުޅުންގެ ޢަމަލުތަކަކަށް އަޅުގަނޑަކަށް އެއްބަހެއް ނުވެވޭ، އެހެންވެ އަޅުގަނޑު އެބޭފުޅުންނާ ނުގުޅުނީ. ނަމަވެސް ދިވެހި ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ، އެއަކު އެއްވެސް ޝައްކެއް ނެތް." ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭކަމަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީވެސް އެމަނިކުފާނު ކަމަށާއި އެކަމާ ގުޅޭގޮތުން 2019 ވަނަ އަހަރު އާޓިފިޝަލް ބީޗުގައި ބާއްވަން އުޅުނު ޖަލްސާއެއް ފުލުހުން ހުއްޓުވައި ސިޓީ ކައުންސިލުން ހުއްދަ ވެސް އަތުލެއްވި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް