Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޫމަޑި މައްސަލައިގައި ވަކީލަކު އައްޔަންކުރަން މުޢިއްޒުއަށް ފުރުސަތު ދީފި

ނޫމަޑި މައްސަލައިގައި ވަކީލަކު އައްޔަންކުރަން މުޢިއްޒުއަށް ފުރުސަތު ދީފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އުފުލައިފައިވާ މައްސަލައިގައި ދިފާއީ ވަކީލެއް އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފިއެވެ.

މޭޔަރު މުޢިއްޒުގެ މައްޗަށް އުފުލައިފައިވާ ދައުވާގައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށި މާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބަޔާނެއް ދީފައިވާ ކަމަށެވެ. އެހެންވެ އެމަނިކުފާނުގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 520 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ބ)ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ ކަމަށެވެ.

މި މައްސަލައިގައި މިއަދު ހެނދުނު 10:30ގައި ބޭއްވި އަޑުއެހުމުގައި ޑރ. މުއިއްޒަށް ހުރިހާ ލިޔުންތަކެއް ހަމައަށް ލިބިވަޑައިގެންފައިވޭތޯ ގާޒީ ސަފްއަތު ހަބީބު ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ، އެކަމަށް ޖަވާބެއް ދެއްވޭނީ ވަކީލެއް އައްޔަން ކުރުމަށް ފަހު ކަމަށެވެ. އަދި ވަކީލަކު ހަމަޖައްސަން ގާނޫނުން ތަންދޭ އެންމެ ދިގު މުއްދަތެއް ދިނުމަށް ވެސް އެދިވަޑައިގަތެވެ.

Advertisement
HDC — Sidebar (box)

އެކަމަށް ދައުލަތުގެ އެއްވެސް އިއުތިރާޒެއް އޮތްތޯ ގާޒީ ސުވާލު ކުރެއްވުމުން، އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވުމުން، ގާޒީ ސަފްއަތު ނިންމެވީ ވަކީލަކު ހަމަޖެއްސުމަށް މުއިއްޒަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާށެވެ.

އަދި މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި މައްސަލައިގެ ތާވަލެއް ވެސް ކަނޑައަޅުއްވާނެ ކަމަށް ސަފްއަތު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް