Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލީޑަރުން ތާއީދު ނުކުރިޔަަސް ރައްޔިތުންގެ ތާއީދު ލިބޭނެ: އަދުރޭ

ލީޑަރުން ތާއީދު ނުކުރިޔަަސް ރައްޔިތުންގެ ތާއީދު ލިބޭނެ: އަދުރޭ

އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދާ "މިނިވަންކަމުގެ ދިފާޢުގައި - ދިވެހީން" ކެމްޕެއިނުގައި ބައިވެެރިވާން، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމްއަށް ފޮނުވި ދައުވަތު ގަބޫލުނުކުރައްވައި އެ ޕާޓީތަކުގެ ލީޑަރުންގެ ތާއީދު ނުލިބުނު ކަމުގައި ވިޔަސް ރައްޔިތުންގެ ތާއީދު ލިބޭނެކަމަށް އިިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިފްތިތާހު ކުރި އެ ކެމްޕެއިނާ ގުޅުމުގެ ދައުވަތު ރަސްމީކޮށް އެ ޕާޓީތަކަށް ފޮނުވި ނަމަވެސް، ދައުވަތުގެ ޖަވާބެއް އެއްވެސް ފަރާތަކުން ރަސްމީކޮށް ދީފައި ނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"...އެކަމަކު އެމްއާރުއެމުން ދައުވަތު ގަބޫލުނުކުރާ ކަމަށް މެސެޖެއް ކޮށްފައި ވަނީ. އަދި ސިޓީއެއް ވެސް ފޮނުވާނެ ކަމަށް ބުނި. ޝިޔާމް ވެސް ވަކި އެއްޗެއް އަންގަވައިފައެއް ނެތް،" އަދުރޭ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އިދިކޮޅު ކޯލިޝަންގެ ފަރާތުން ފަށައިފައިވާ މި ހަރަކާތުގައި ބައިވެރި ނުވާނެކަމަށް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމްއިން ވެސް ވަނީ މީޑިއާތަކަށް މައުލޫމާތު ދެއްވައިފައެވެ.

އެގޮތުން އަދާލަތު ޕާޓީން ބުނީ ރާއްޖޭގެ މިނިވަންކަމަށް ލޮޅުމެއް އަރާ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށެވެ. އަދި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްޤަައްޔޫމް ހިންގަވާ އެމްއާރްއެމްއިން ބުނީ އެ ޕާޓީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ކަމަށާއި އެ ކޯލިޝަނުން ވަކިވެ، ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ކަމަކަށް ތާއީދުކޮށް، އެ ފަދަ ކަމެއްގައި ބައިވެރިވާން ބޭނުން ނުވާ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ކޮވިޑްގެ ހާލަތުން ކިރިޔާ އަރައިގަނެވޭ ހިސާބަށް ދިއުމާ އެކު ސިޔާސީ ކަންކަން ފަށަން އަދި މާ އަވަސް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް