Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ތިން ވަނަ ފަހަރަށް ގަމާއި ފޮނަދޫ މޮނިޓަރިންއަށް

އަލާމާތް ހުރެގެން ފޮނަދޫން ޑަކްޓަރަށް ދެއްކި މީހަކު ކޮވިޑް-19އަށް ފައްސިވެ، ގަން-ފޮނަދޫ އަނެއްކާ ވެސް މޮނިޓަރިންއަށް ލައިފިއެވެ.

ގަން-ފޮނަދޫ ފުރަތަމަ ފަހަރަށް މޮނިޓަރިންނަށް ލައިފައި ވަނީ ގއ.ދެއްވަދޫން ފޮނަދުއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން 9 ޖެނުއަރީގައެވެ. އޭގެ ފަހުން އޭޕްރީލް މަހު 24 ވަނަ ދުވަހު އަނެއްކާ ވެސް އެ ދެ ރަށް މޮނިޓަރިންނަށް ލިއެވެ. އެފަހަރު މޮނިޓަރިންގެ ހާލަތުން ވީއްލީ 87 ދުވަސް ފަހުންނެވެ. އެއީ، ގަމާ އިންވެގެން އޮންނަ ލ.މާންދޫން ފެނުނު ކޮވިޑް-19 ވޭދަނަތަކާ ގުޅުން ހުރި ބަަޔަކު އެ ދެ ރަށުން ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ.

ފޮނަދޫ ހެލްތު ސެންޓަރުން ވިދާޅުވީ، ފައްސިވެފައި ވަނީ 1 އޯގަސްޓްގައި ނެގުނު ސުންކެއް ކަމަށެވެ. "ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި މީހާއަކީ މާލެއިން އެ ރަށަށް ދިޔަ މީހެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް