Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުވައްޒިފަކު ކޮވިޑް-19އަށް ފައްސިވެ، ހިޔާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރުން މެދު ކަނޑައިލައިފި

ހިޔާ މަޝްރޫއު އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒިފަކު ކޮވިޑް-19އަށް ފައްސިވެ، ހިޔާ މަޝްރޫއު އެއްބަސްވުންތަކުގައި ސޮއި ކުރުން މެދު ކަނޑައިލައިފިއެވެ.

ހައުސިންގް ޑިވެލޮމްޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ވިދާޅުވީ، އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތުގައި އުޅޭ މުވައްޒިފަކު ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން މިއަދު ހެނދުނު 10:00އިން ފެށިގެން ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާ އެއްބަސްވުންތަކުގައި ސޮއިކުރުން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުން މިއަދު ސޮއިކުރަން ތާވަލުކޮށްފައި ވަނީ އެޗް11 ޓަވަރުން ފްލެޓް ލިބުނު ހައްޤުވެރިންނާ އެކުގައެވެ.

އަލުން މި މަސައްކަތް ފަށާނެ ދުވަހެއް އަދި އެ ކޯޕަރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ. އަދި އަލުން މި މަސައްކަތް ފަށާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކުރުމަށް ފަހު ކަމަށްވެސް އެޗްޑީސީއިން ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެޗްޑީސީއިން އެއްބަސްވުމުގައި ސޮއި ކުރަން ފަށައިފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ސޮއިކުރާ ދުވަހު ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް