ފޮނަދޫގައި މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފި

ލ.ފޮނަދޫގައި ރޭ މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 35 އަހަރުގެ މީހަކަށް ރޭ ދަގަނޑު ބުރިއަކުން ހަމަލާދިން މައްސަލައިގައި ރޭ ދަންވަރު 02:18 ހާއިރު 36 ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ މިހާރު ފުލުުހުންދަނީ ތަޙްޤީޤް ކުރަމުންނެވެ.
ރޭ އިރާކޮޅު ފޮނަދޫން ހަމަލާ ދީފައިވަނީ ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށެވެ. އޭނާއަށް ހަމަލާ ދީފައިވަނީ އަނބިމީހާއެކު ސައިކަލުގައި ދަނިކޮށް ކަމަށްވެއެވެ.





.webp)

ކޮމެންޓް