Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ޖާބިރު މިއަދު ވަޑައިގަތީ މައުމޫންގެ ގެކޮޅާ ހަވާލުވާން ކިނބިގަސްދޮށުގެއަށް!

ޖާބިރު މިއަދު ވަޑައިގަތީ މައުމޫންގެ ގެކޮޅާ ހަވާލުވާން ކިނބިގަސްދޮށުގެއަށް!

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ގެކޮޅުކަމަށްވާ ކިނބިގަސްދޮށުގެއާ ހަވާލުވެވަޑައިގަތުމަށްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ ގެކޮޅު ކައިރިއަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާގެ ލޯނެއް ދެއްވި ކަމަށާއި އެ ފައިސާއާ ހަވާލުވެވަޑައިގަތީ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ކަމަށް ޖާބިރު ވަނީ ކުރިން ވެސް ވިދާޅުވެފައެވެ. އަދި އެ ފައިސާ ދެއްވީ ކިނބިގަސްދޮށުގެ މޯގޭޖް ކޮށްފައި ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ރައީސް މައުމޫނަށް ދެއްވި ކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯނު އަނބުރާ ހޯދުމަށް ޖާބިރު ވަނީ ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ ދައުވާ ސާބިތު ނުވާ ކަމަށް މިދިޔަ އޭޕްރިލް މަހުގެ އަށްވަނަ ދުވަހު އެ ކޯޓުން ވަނީ ނިންމައިފައެވެ.

Advertisement
Ooredoo — Square (box)

ޖާބިރު ވިދާޅުވީ އޭނާ ހުންނެވީ އެ ގެއާ ހަވާލުވެގެން ކަމަށާއި އެއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މައުމޫނަށް ދެއްވި ދަރަނި އަދާކޮށްފައި ނުވާތީ ކަމަށެވެ.

"މިހާރު އަޅުގަނޑު މިހިރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެން. އަދުލު އިންސާފު ނެތުމުން އަމިއްލައަށް އަދުލު އިންސާފް ގާއިމް ކުރަމުން މި ދަނީ" ކިނބިގަސްދޮށުގޭ ދޮރުމަތީގައި ހުރެ ޖާބިރު ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޖާބިރު ވަނީ އެތަނުގައި ހުންނަވައި ނުރުހުންވެ ވަޑައިގެން، އެ ގޭގެ ވެޔޮގަނޑަކަށް ގެއްލުން ވެސް ދެއްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް