Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

މިސްކިތުގައި ނިދާ، އުމުރުން ދުވަސްވީ އުމުރުގެ މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

މިސްކިތުގައި ނިދާ، އުމުރުން ދުވަސްވީ އުމުރުގެ މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައި އުމުރުން ދޮށީ އުމުރުގެ މީހަކަށް ހަމަލާދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުުހުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ މިސްކިތެއްގައި ހުރި ދޮށީ އުމުރުގެ މީހަކަށް ހަމަލާދިން މައްސަލައެއް ރޭ 1913 ހާއިރު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އައްޑޫގެ ޚަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަަމަށްވާ "އައްޑޫ އޮންލައިން"އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަމަލާދީފައި ވަނީ ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް)ގައި އޮތް އުމުރުން ދުވަސްވީ މީހަކަށެވެ. އަދި އެމީހާއަކީ ބަލާނެ މީހަކު ނެތުމުން އެ މިސްކިތުގައި ނިދާ މީހެއް ކަމަށާއި ރޭ އޭނާ މޫނަށް ހަމަލާދިނުމަށް ފަހު މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓް ކޮށްފައި ވެއެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން. ވިދާޅުވީ އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް