Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މިރެއިން ފެށިގެން މާލެސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ: މިރޭ ގަލޮޅުގެ ރައްޔިތުންނަށް

މިރެއިން ފެށިގެން މާލެސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ: މިރޭ ގަލޮޅުގެ ރައްޔިތުންނަށް

މާލޭ ސިޓީ ކައުންސިލުން މިރެއިން ފެށިގެން މާލެސިޓީގެ ރައްޔިތުންނާ ބައްދަލުކުރަން ހަމަޖެހިފައިވާކަމަށް މާލޭ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ސިޓީ ކައުންސިލްގެ ފަރާތުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ ބައްދަލުވުން ނުބޭއްވި ދުވަސްތަކެއް ދިިޔަ ކަމަށާއި އެހެން ނަމަވެސް މިހާރު ދީފައިވާ ލުއިތަކާ އެކު މިރެއިން ފެށިގެން ރައްޔިތުންގެ ބައްދަލުވުންތައް ކުރިއަށް ދާނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ މަޝްވަރާގެ މަތީން ކަންކަން ކުރުމަކީ ސިޓީ ކައުންސިލްގެ ވިސްނުން ކަމަށާއި އެއްބައްދަލުވުމުގެ ބަދަލުގައި ކޮންމެ އަވަށެއްގައި ވެސް ވަކިން ބައްދަލުވުން ބާއްވަން ނިންމައިފައިވާ ކަމަށެވެ. ސިޓީ ކައުންސިލްގެ މިރޭގެ ބައްދަލުވުން ގަލޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވީ ނަމަވެސް މި ބައްދަލުވުމުގައި މާލޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވައިލައިފައިވާކަމަށް ވެސް މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ގަލޮޅު ރައްޔިތުންނާ ބައްދަލު ކުރުމަށް ސިޓީ ކައުންސިލުން ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 08:15 ގައި ގަލޮޅު ސިޓީ ޕާކުގައެވެ.

https://dhen.mv/104254

ލާމަރުކަޒީ ގާނޫނުގައިވާ ފަދައިން މާލޭ ސިޓީ ކައުންސިލުން މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ތައްޔާރުވެ ސިޓީ ކައުންސިލުން ވަނީ މިދިޔަ ޖުލައި މަހު އެކަން އިއުލާނުކޮށް ބައްދަލުވުންތަކުގެ ތަފްސީލް އާންމުންނާ ހިއްސާ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް