Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ކެމިކަލެއް ތަޣައްޔަރުވެފައިވާތީ އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރަން އަންގައިފި

ކެމިކަލެއް ތަޣައްޔަރުވެފައިވާތީ އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރަން އަންގައިފި

އެމްބެސެޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމްބެސަޑަރ ބްރޭންޑްގެ ވެޖިޓަބަލް ކްރީމްގައި ބޭނުން ކުރާ އިންގްރީޑިއަންޓެއް ކަމުގައިވާ "ލޯކަސްޓް ބީން ގަމް"، ކެމިކަލްއަކުން ތަޣައްޔަރު ވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް)އިން އެ އޮތޯރިޓީއަށް އަންގައިފައިވާ ކަމަށެވެ.

އެ އުފެއްދުން ރާއްޖެއަށް އެތެރެވެފައިވާތީ މި އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެމްބެސެޑަރ ބްރޭންޑުގެ ވެޖިޓަބަލް ކްރީމް އެތެރެ ނުކުރުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް