Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހިޔާ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރުން މާދަމާ އަލުން ފަށަނީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ އަލުން ފަށާނެ ކަމަށް ހައުސިން ޑިވޮލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ވަނީ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓް ލިބިފައިވާ ފަރާތްތަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް ކުރިއަށް ދާނެ ގޮތުގެ ތާވަލު ވެސް އާންމުކޮށްފައެވެ.

https://twitter.com/hdcmaldives/status/1423604174688686083?s=21

Advertisement
Allied Insurance — Square (box)

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރީ 25 ބުރީގެ 16 ޓަވަރެވެ. މުޅި ޖުމްލަ 6،720 ފުލެޓް ދޫކޮށްފައިވާ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށައިފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ހިޔާ މަޝްރޫއު އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒިފަކު ކޮވިޑް-19އަށް ފައްސިވެ، އެއްބަސްވުންތަކުގައި ސޮއި ކުރުން މި ދިޔަ ބުދަ ދުވަހު ވަނީ މެދު ކަނޑައިލައިފައެވެ.

ފުލެޓް ލިބުނު ފަރާތްތަކާ އެކު އެއްބަސްވުމުގަައި ސޮއި ކުރުމުގެ މަސައްކަތް ފަސޭހަކަމާ އެކު ކުރުމަށް "ހިޔާ 7000 ޕޯޓަލް"ގައި ޕާރސަނަލް އެކައުންޓު ހުޅުވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް