މުނިފޫހިފިލުވުން

ކެންޑަލް ޖެނާއަށް ބޮޑު ޖޫރިމަނާއެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފޮޓޯ ޝޫޓް އެގްރީމަންޓްއާ ޚިލާފުވުމުން ލިއު ޖޯ ކުންފުނިން، ސުޕަ މޮޑެލް ކެންޑަލް ޖެނާ 1.8 މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކޯޓަށް ހުށަައަޅައިފިއެވެ.

Ads by STELCO

އިޓަލީގެ ފެޝަން ކުންފުންޏެއް ކަމުގައިވާ ލިއު ޖޯ ކުންފުނީގެ ބްރޭންޑް ފޮޓޯ ޝޫޓުގެ އެގްރީމެންޓްއާ ކެންޑަލް ޖެނާ ޚިލާފުވެ ދެވަނަ ސީޒަންގެ ފޮޓޯ ޝޫޓަށް އޭނާ ގޮސްފައި ނުވާތީ އޭނާ ޖޫރިމަނާ ކުރުމަށް އެ ކުންފުނިން ކޯޓަށް ހުށައަޅައިފައިވާ ލިޔުންތަކުގައި ތުހުމަތު ކޮށްފައިވާ ގޮތުގައި އޭނާއަށް ވަނީ އެގްރިމެންޓްގައިވާ ކަންކަން ފުރިހަމަކޮށްނުދެވިއެވެ.

އެ ކުންފުނިން ބުނާ ގޮތުގައި ކެންޑަލްގެ ފުރަތަމަ ފޮޓޯ ޝޫޓް ނަގައިފައި ވަނީ 2019ވަނަ އަހަރުއެވެ. ދެވަނަ ޝޫޓް ނަގަން ހަމަޖެހުނީ  2020ވަނަ އަހަރު ކަމަށެވެ. އެހެން ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެ ފޮޓޯ ޝޫޓަން ކެންޑަލްއަށް އާދެވިފައެއް ނުވެއެވެ. އެހެންކަމުން އެ ކުންފުނިން ވަނީ ފޮޓޯ ޝޫޓް ފަހުގެ ތާރީޚަކަށް ބަދަލު ކުރުމަށް ކެންޑަލްއާއި ވާހަކަ ދައްކަން މަސައްކަތް ކޮށްފައި ކަމަށާއި އެހެން ނަމަވެސް ކެންޑަލްގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކެންޑަލް ބުނެފައިވާ ގޮތުގައި 2020ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް ވެސް އޭނާއަށް އިޓަލީއަށް ނުދެވޭނެއެވެ. އެކަމަކު މި މުއްދަތުގައި އޭނާ ވަނީ އެހެން ކުންފުނިތަކާ އެކުގައި މަސައްކަތް ކޮށްފައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން ލިއު ޖޯއިން މަސައްކަތް ކުރަނީ ކެންޑަލް އެންމެ މަދުވެގެން 1.8 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާށެވެ. އަދި އެޓާނީ ފީތަކުގެ އިތުރުން ކެންޑަލްގެ ސަބަބުން ކުންފުންޏަށް ލިބުނު އިތުރު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!