ޚަބަރު

ދިވެހިބަހުގެ އެކެޑަމީގެ މެންބަރުކަމަށް 3 ބޭފުޅަކު އައްޔަންކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ "ދިވެހިބަހުގެ އެކެޑަމީ"ގައި ހިމެނޭ މެންބަރުންގެ ތެރެއިން 3 މެންބަރެއްގެ ދައުރު 8 އޮގަސްޓުގައި ހަމަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިބަހުގެ އެކަޑެމީގެ މެންބަރުކަމަށް 3 ބޭފުޅަކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ، ދިވެހިބަހުގެ އެކެޑަމީއަށް މިއަދު ޢައްޔަން ކުރެއްވި 3 މެންބަރުންނަކީ، ދަފްތަރު. ނަންބަރު ރސ 1901 ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމާއި ޅ.ކުރެންދޫ، ނޫރަންގެ ޒުލްފާ އިބްރާހީމާއި މ.ޑައިމަންޑްވެލީ މުޙައްމަދު ޝާހިދު ޙަލީމެވެ. މި ތިން ބޭފުޅުންގެ ތެރެއިން މުޙައްމަދު ޝާހިދު ޙަލީމް ކުރިން ވެސް ހުންނެވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރެއްގެ ގޮތުގައެވެ.

ބަހުގެ އެކަޑަމީގައި ތިއްބެވި މެންބަރުންގެ ތެރެއިން 2021 އޮގަސްޓް 8ގައި މެންބަރުކަމުގެ ދައުރު ހަމަވި 3 ބޭފުޅުންނަކީ އަޝްރަފް ޢަލީއާއި، ރާފިޢާ ޢަބްދުލްޤާދިރު އަދި މުޙައްމަދު ޝާހިދު ޙަލީމެވެ. ރައީސް ގެންނެވި މި ބަދަލާ އެކު މިހާރު ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
1- ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން، މއ.އުރަހަ،
2- ޢިޔާޒު ޖާދުﷲ ނަސީމް، ދަފްތަރު ނަންބަރު 8255،
3- މުޙައްމަދު ޝާހިދު ޙަލީމް، މ.ޑައިމަންޑްވެލީ،
4- އަޝްރަފް ޢަބްދުއްރަޙިމް، ދަފްތަރު. ނަންބަރު ރސ 1901،
5- ޒުލްފާ އިބްރާހީމް، ޅ.ކުރެންދޫ، ނޫރަންގެ މިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު(9-2011)ގައި ވާގޮތުގެމަތިން، ދިވެހިބަހުގެ އެކަޑަމީގެ ރައީސާއި ނައިބުރައީސް ހޮވޭނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން، އެކެޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!