ޚަބަރު ސަރުކާރު

ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީން ބަންދުކޮށްފައިވާ މަގުތައް ހުޅުވައިލުމަށް ސިޓީ ކައުންސިލުން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީން ބަންދުކޮށްފައިވާ މަގުތައް ހުޅުވައިލުމަށް ސިޓީ ކައުންސިލުން އަންގައިފިއެވެ.

Ads by MWSC

ސިޓީ ކައުންސިލުން ވިދާޅުވީ މާލޭގެ އެކި ސަރަޙައްދުތަކުން ރައްޔިތުންނަށް އުނދަގޫވާގޮތަށް ބަންދުކޮށްފައިވާ މަގުތައް ޢާއްމުންނަށް ހުޅުވައިލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީއަށް އަންގަވައިފައިވާ ކަމަށެވެ.

އެ ކައުންސިލުން ވިދާޅުވީ ސްޓެލްކޯގެ ފަރާތުން ވަނީ، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސް އިމާރާތް ހިމެނޭ ދޭތެރޭ އޮންނަ ކަށިމާ ހިނގުން ( ބްލޮކް ނަމްބަރ 349 )އާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާއާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން ( ބްލޮކް ނަމްބަރ 348.347 ) ސްޓެލްކޯގެ ފަރާތުން ޢާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައި ކަމަށެވެ.

މީގެ އިތުރުން އެމްޑަބްލިޔޫއެސްސީގެ ފަރާތުން އެމްޑަބްލިޔުއެސްސީ ކޮއްޓާއި އާ ސަހަރާ ކޮއްޓާއި ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު ( ބްލޮކް ނަމްބަރ 380,377,376 ) އާއްމުންނަށް ނުހިނގޭ ގޮތް ބަންދުކުރުމުން ޝަކުވާތައް ލިބެމުންދާ ކަމަށެވެ.

ސިޓީ ކައުންސިލުން ވިދާޅުވީ މިގޮތަށް ހުންނަ މަގުތައް ބަންދުކުރުމަކީ ރައްޔިތުންނަށް އެކަމުގެ ތަކްލީފްތައް ނުހަނު ބޮޑަށް ލިބެމުންދާކަމެއް ކަމަށާއި މި މަގުތައް ހުޅުވައިލުމަށް ކައުންސިލުން ދީފައި ވަނީ އެއް މަސްދުވަހުގެ މުއްދަތެއް ކަމަށެވެ. މީގެ އިތުރުން މާލެ ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވައިލުމާއި ބަންދުކުރުމަކީ ލާމަރުކަޒީ ޤާނުން ސިޓީ ކައުންސިލަށް ލިބިދޭ ބާރު ތެރޭގައި ހިމެނޭކަމެއް ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.

Ads by Ooredoo
  1. ޙަމަރަގަލު ޔިޔަގޮޔޮސަބަސޮ

  2. ހަނާ

    ސާބަހޭ މުއިއްޒު

  3. ާއަހްމަދު

    ސާބަސް މޭޔަރ މުއިޒް