މުނިފޫހިފިލުވުން ދިވެހި ސިނަމާ

ޔޫއްޕެ ފަސް ވަނަ ކައިވެންޏެއް ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ކައިވެނިކޮށްފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫއްޕެ ކައިވެނިކޮށްފައި ވަނީ ރ. ރަސްގެތީމަށް ނިސްބަތްވާ ކުއްޖަކާއެވެ. ކައިވެނީގެ ހަފްލާ ބާއްވައިފައި ވަނީ މާލޭގައި ހުންނަ ގޯމޭ ރެސްޓޯރަންޓްގައެވެ.

އެ ހަފްލާގައި ފިލްމީ ދާއިރާގެ ބައެއް ފަންނާނުން ބައިވެރިވެފައި ވެއެވެ. ޔޫއްޕެ މީގެ ކުރިން ވަނީ 4 ކައިވެންޏެއް ކޮށްފައެވެ. އަދި އެ 4 ކައިވެނި ވެސް ވަނީ ރޫޅިފައެވެ. ޔޫއްޕެ މީގެ ކުރިން ކުރި ދެ ކައިވެންޏަކަށް ދެ ދަރީން ވެސް ލިބިފައި ވެއެވެ.

ޔޫއްޕެ ވަނީ ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީއާ މީގެ ކުރިން ކައިވެނި ކޮށްފައެވެ. ޔޫއްޕެއާއި ކާވެނީގޮތުން އިއްޔެ ގުޅިފައިވާ އަންހެންކުއްޖާގެ މިއީ އަލަތު ކައިވެނި ކަމަށް މަޢުލޫމާތު ލިބެއެެވެ.

  1. ކޮކާ

    ވަރިނުކޮށް ކުރިޔަށްދާތި. ދެރައީ 5 ވަނަ ކައިވެންޏާ ހަމައަށްދާއިރު، އަޅާކިޔަންޖެހޭ މުކައްބާތައް ގިނަވީމަ. މީގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށި ވުން އެކަށިގެންވޭ.

  2. ތައުފީގު

    ނޫސްތަކަށް އަރުވާލަން ވަރަށް މުހިއްމު ޚަބަރެއް.. ސުރުޚީ އަދިވެސް މާ ހިމަ ކަންނޭގެ.. ފަސްވަނަ ކައިވެނި