Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެސަރަހައްދުގެ 96 އިންސައްތަ ޓީޗަރުން ވެކްސިން ފުރިހަމަކޮށްފި: އެޑިއުކޭޝަން

މާލެސަރަހައްދުގެ 96 އިންސައްތަ ޓީޗަރުން ވެކްސިން ފުރިހަމަކޮށްފި: އެޑިއުކޭޝަން

މާލެ ސަރަހައްދުގައި މަސައްކަތްކުރާ ޓީޗަރުންގެ ތެރެއިން 96 އިންސައްތަ ޓީޗަރުން މިހާރު ވެކްސިން ފުރިހަމަކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ރޭ ޕީއެސްއެމްގައި ވިދާޅުވީ މާލޭ ސަރަހަައްދުގައި މަސައްކަތް ކުރާ ޓީޗަރުންގެ 96 އިންސައްތަ ޓީޗަރުން ވެކްސިން ފުރިހަމަ ކުރުމަކީ މުޅި ރާއްޖޭގެ ޓީޗަރުންގެ އާބާދީއަށް ބަލާއިރު ބޮޑު އަދަދެއް ކަމަށާއި މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އޭނާ ވިދާޅުވީ އަތޮޅުތެރޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން ގިނަ ޓީޗަރުން ތިއްބެވީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖައްސަވައިފައި ކަމަށާއި އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވެކްސިން ޖަހަން ފެށުމުގައި ލަސްތަކެއް ދިމާވެފައިވުމުން އަތޮޅުތެރެއިން ވެކްސިން ފުރިހަމަ ކުރި ޓީޗަރުންގެ ސީދާ އަދަދެއް ދަންނަވާން ނޭނގޭ ކަމަށެވެ.

ރާއްޖެއަކީ “ފުލީ ވެކްސިނޭޓެޑް” ގައުމަކަށް ހެދުމަށް ސަރުކާރުން ވަނީ ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފަށައިފައެވެ. މިގޮތުން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކާ މެދު ތަފާތުކޮށް އަމަލު ކުރުމުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެކުލަވައިލައިފައެވެ. މި އުސޫލުގެ ދަށުން ވެކްސިން ފުރިހަމަ ނުކުރާ ފަރާތްކަށް ބައެއް ޚިދުމަތްތައް ނުލިބޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ވެކްސިން ފުރިހަމަ ކޮށްފައިވާ ބެލެނިވެރިންނަށް ސުކޫލުތަކަށް ވަދެ ނިކުތުމުގައި ފަސޭހަގޮތެއް ހޯދައިދިނުމަށް “ގްރީން ކާޑު” ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް