Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

މާދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބަޔަކު ފިހިއްޖެ

މާދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބަޔަކު ފިހިއްޖެ

އޯޒޯން ލައިފް މާދޫ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ހަތަރު މީހަކު ފިހިއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ޕެޓްރޯލު ފީފާއެއްގައި ކަމަށާއި ރިސޯޓުގެ މުވައްޒަފުން ވަނީ އަލިފާން ކޮންޓްރޯލު ކޮށްފައި ކަމަށެވެ.

މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާ ވެގެން މާލެ ގެންނަ ކަމަށް ރިސޯޓުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ. މި ހާދިސާގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން 3 މީހުންނަކީ ބިދޭސީން ކަމަށާއި ދިވެއްސަކު ވެސް ހިމެނޭ ކަމަށް މޭޖަރ އާޒިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެމްއެންޑީއެފްއަށް މާދޫ ރިސޯޓުން މައުލޫމާތު ދީފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ ޕެޓްރޯލު ޓޭންކެއް ކައިރީގައި ހުރި ތެޔޮ ފީފާ އެއްގައެވެ.

އަނިޔާވި މީހުންގެ ތެރެއިން 3 ބިދޭސީއަކީ އެ ރިސޯޓުގެ މުވައްޒަފުންނެވެ. އަދި ދިވެހި މީހާއަކީ އެފްއެސްއެމްގެ މުވައްޒަފެކެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 7:13 ގައެވެ. އަދި ހާދިސާގައި ބަޔަކަށް އަނިޔާ ލިބުނުކަން ރިޕޯޓު ކޮށްފައި ވަނީ 8:37ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް