Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އެމިރޭޓްސްއިން އެންމެ އުހަށް: ދުނިޔޭގެ ސަމާލުކަން

އެމިރޭޓްސްއިން އެންމެ އުހަށް: ދުނިޔޭގެ ސަމާލުކަން

ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަދައިފައިވާ ޔޫކޭގެ ރެޑް ލިސްޓުން ޔޫއޭއީ ނެގުމުން އެކަން ފާހަގަކޮށް އެމިރޭޓްސްއިން ދުނިޔޭގެ އެންމެ އުހުގައި އިޝްތިހާރެއް ކުޅެފިއެވެ.

އެމިރޭޓްސްގެ ކެބިން ކުރޫއެއްކަމުގައިވާ ނިކޯލް ސުމިތު-ލުޑްވިކް ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމުގައިވާ ބުރުޖް ހަލީފާގެ އެންމެ އުހުގައި ހުރެ ޝޫޓްކޮށްފައިވާ މި އިޝްތިހާރަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.އެ އިމާރާތުގެ އުސްމިނަކީ 828 މީޓަރެވެ.

މި އިޝްތިހާރަކީ މިހާތަނަށް ދުނިޔޭގެ އެންމެ އުހުގައި ކުޅުނު އިޝްތިހާރެވެ.

Advertisement
Allied Insurance — Square (box)

މި އިޝްތިހާރު ޝޫޓުކުރުމަށް ނިކޯލް ވަނީ ގިނަ ތަމްރީންތަކެއް ފުރިހަމަކޮށްފައެވެ. މި އިޝްތިހާރު ޝޫޓް ކުރީ ހެލިކޮޕްޓަރުތަކާއި ޑްރޯންގެ އެހީގައި ކަމަށްވާއިރު މި ނުރައްކާތެރި އިޝްތިހާރާ އެކު ނިކޯލްއަކީ އެންމެ ބިރު ކުޑަ އަންހެނާކަމަށް މި އިޝްތިހާރު ބެލި މީހުން ދަނީ ބުނަމުންނެވެ.

އިޝްތިހާރު ކުޅެފައި ވަނީ ސަލާމަތީ ފިޔަވަޅުތަކާއެކުގައެވެ.

މިއިޝްތިހާރަކީ ފޭކެއްކަމަށާއި މިއި ސްޓޫޑިއެއްގައި ޝޫޓްކޮށްފައިވާ އިޝްތިހާރެއްކަމަށް އެއްބަޔަކު ބުނަންފެށުމާ އެކު އެމިރޭޓްސްއިން ވަނީ މި އިޝްތިހާރު ޝޫޓް ކުރި ގޮތުގެ ވީޑިޔޯވެސް ސޯޝަލް މީޑިޔާއަށް ދޫކޮށްލައިފައެވެ.

https://twitter.com/emirates/status/1424657265181724676?s=21

މި އިޝްތިހާރުގައި ފެނިގެންދާ ނިކޯލްއަކީ ސްކައިޑައިވަރެއް ކަމަށްވެސް މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

އޭވިއޭޝަން ބިޒްނަސް އެވޯޑު ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، އެއާލައިން އޮފް ދަ އިޔާގެ އެވޯޑު ވެސް ލިބިފައިވާ އެމިރޭޓްސްއަކީ ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން އަންނަ އެއާލައިނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް