Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަސްތުވެގެން ހުރެ ޓެކްސީ ޑްރައިވަރަށް ހަމަލާދޭން އުޅުނު އިންޑިއާ މީހާ ހައްޔަރުކޮށްފި

މަސްތުވެގެން ހުރެ ޓެކްސީ ޑްރައިވަރަށް ހަމަލާދޭން އުޅުނު އިންޑިއާ މީހާ ހައްޔަރުކޮށްފި

މަސްތުވެގެން ހުރެ ޓެކްސީ ޑްރައިވަރަކަށް ހަމަލާދޭން އުޅުނު އިންޑިއާ މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް އަމާޒުކޮށް ފުރާނައަށް ނުރައްކާވާ ފަދަ އަމަލެއް ހިންގި މައްސަލައެއް ރޭ 12:33 ގައި ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި 25 އަހަރުގެ އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މައުލޫމާތު ލިބޭ ގޮތުގައި މި ބިދޭސީ މީހާ ، ޓެކްސީއަށް އަރައިފައި ވަނީ ހުޅުލޭ އައިލެންޑް ހޮޓެލުންނެވެ. އަދި ޑްރައިވަރަށް ހަމަލާދިނީ، އެމީހާ ލައިގެން ހުރި ގަމީސް ބޭލުމަށް ފަހު ޑްރައިވަރުގެ ކަރުގައި އޮޅައިގެންނެވެ. މަންޒަރު ދުށް މީހަކު ބުނީ، ޑްރައިވަރު މަރައިލާން ބޭރުމީހާ މަސައްކަތްކުރީ، ދަތުރު ފައިސާ ދޭން ޑްރައިވަރު އެންގުމުން އޭނާގެ އަތުގައި ފައިސާ ނެތް ކަމަށް ބުނެފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަހްގީގު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް