Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސީރިއާ ހަނގުރާމައިގައި އަނެއްކާ ވެސް ދިވެއްސަކު މަރުވެއްޖެ

ސީރިއާ ހަނގުރާމައިގައި އަނެއްކާ ވެސް ދިވެއްސަކު މަރުވެއްޖެ

ސީރިއާގައި ކުރަމުން ގެންދާ ހަނގުރާމައިގައި އަނެއްކާ ވެސް ދިވެއްސަކު މަރުވެއްޖެއެވެ.

އެ ހަނގުރާމައިގައި މަރުވި މީހާގެ ފޮޓޯ މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ގޮސް އުޅޭ ދިވެހިންގެ މައުލޫމާތު މީސް މީޑިއާގައި ފަތުރާ ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ މަރުވީ އިދުލީބްގެ ޖަބަލުއްޒަވިއްޔާ ނަމަކަށް ކިޔާ ސަރަހައްދުގައި ކަމަށެވެ.

Advertisement
HDC — Sidebar (box)

އޭނާގެ މަރުގެ ޚަބަރު އާއްމުކުރި ޕޯސްޓްތަކުގައި ބުނެފައި ވަނީ އޭނާގެ ނަމަކީ "އަބޫ އަބްދުއްރަހްމާން"އެވެ. މި މީހާއަކީ ކޮން ރަށެއްގެ ކާކުކަމެއް އަދި އެނގިފައެއް ނުވެއެވެ. އެ ޕޭޖުން ކުރި އިތުރު ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ މަރުވީ ފްރޮންޓްލައިނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ.

މި މަރާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް