Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ވެކްސިން ނުޖަހާ ޓީޗަރުންތަކެއް އެކަހެރިކޮށްފިި

ވެކްސިން ނުޖަހާ ޓީޗަރުންތަކެއް އެކަހެރިކޮށްފިި
ކޮވިޑް-19 ވެކްސިން ނުޖަހާތީ ދަރިވަރުންނާ ގުޅުން ހުރި ކަންކަމުގައި ބަައިވެރިނުކޮށް ޓީޗަރުންތަކެއް އެކަހެރިކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 ވެކްސިން ނުޖަހާތީ ތިން ސުކޫލެއްގެ 5 ޓީޗަރަކު ވަނީ ދަރިވަރުންނާ ގުޅުން ހުރި އެއްވެސް ކަމެއްގައި ބައިވެރިނުކޮށް އެކަހެރިކޮށްފައެވެ. ކޮވިޑުން ދިފާއުވާ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ ޓީޗަރުން ދެވަނަ ޑޯޒް ޖެހުމަށާއި އެއްވެސް ޑޯޒެއް ނުޖަހާ ޓީޗަރުން ފުރަތަމަ ޑޯޒް ޖަހަން މިނިސްޓްރީން ކުރިން މުހުލަތެއް ދީފައިވާ ކަމަށާއި ވެކްސިނުގެ ކޮންމެވެސް އެއް މަރުހަލާއެއް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރުމަށް ޓީޗަރުންނަށް އަންގާފައިވާނެކަމަށް އެޑިއުކޭޝަަން މިނިސްޓްރީން ވިދާޅުވިއެވެ. އަދި އެ މުހުލަތު އިއްޔެއަށް ވަނީ ހަމަވެފައެވެ. ރާއްްޖެއަކީ "ފުލީ ވެކްސިނޭޓެޑް"ގައުމަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފައިފައިވާއިރު ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ސަރުކާރުން ގެންދަނީ ކުރިއަށެވެ. މިގޮތުން ސަރުކާރުގެ މުއައްޒަފުން ވެކްސިން ޖެހުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ވެކްސިން ނުޖަހާ ޓީޗަރުން ދަރިވަރުންނާ ގުޅުން ހުރި ކަންކަމުން އެކަހެރިކޮށްފައިވާއިރު، ވެކްސިން ނުޖެހިޔަސް ވަޒީފާއިން ވަކި ނުކުރާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް ސްކޫލަށް ވަދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސްް ވެކްސިން ނުޖަހާ ފަރާތްތަކަށް އެކިއެކި ޚިދުމަތްތައް ހޯދުމުގައި ތަފާތުކުރުމުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެކުލަވައިލާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް