Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރައީސް ޞާލިޙަށް ވޯޓް ދިނީ ރައީސް ނަޝީދު އެދިގެން، ތަބަކަަށް ލައިފައި 2023ވަނަ އަހަރު ވެރިކަމެއް ނުދެވޭނެ

ރައީސް ޞާލިޙަށް ވޯޓް ދިނީ ރައީސް ނަޝީދު އެދިގެން، ތަބަކަަށް ލައިފައި 2023ވަނަ އަހަރު ވެރިކަމެއް ނުދެވޭނެ

2018ވަނަ އަހަރު މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓް ދެއްވީ، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިލެއްވުމުގެ މަތިން ކަމަށް ލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއިން ގެނެސްދިން ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަފީފް ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް އެންމެ ތާޢީދު ބޮޑު ލީޑަރަކީ ރައީސް ނަޝީދު ކަމަށެވެ. އަދި 2023ވަނަ އަހަރުގެ އިންތިޚާބުގައި ވެރިކަމަށް ކުރިމަތިލާ ކެނޑިޑޭޓަކު ނަންގަވާނީ ޕްރަމަރީއަކުން ކަމަށާއި ޕާޓީގެ އަސާސީ ޤަވާއިދުގައި ވެސް އޮންނަނީ އެ ގޮތަށް ކަމަށެވެ. އަދި ރައީސް ޞާލިޙަށް ތަބަކަށް ލައިފައި ކެނޑިޑޭޓްކަން ދޭން ތާޢީދު ނުކުރާ ކަމަށާއި ރައީސް ޞާލިޙަށް ތާޢީދު އޮތް ނަމަ ޕްރައިމަރީގައި ވާދަ ކުރަން ފަސްނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ނަޝީދަކީ އެއް ސިޔާސީ ލީޑަރަކަށް ބަލާ ކަމަށް ވަންޏާ އަދިވެސް ރާއްޖޭގައި އެންމެ ތާޢީދު ބޮޑު ސިޔާސީ ލީޑަރު. އަޅުގަނޑު ނުދަންނަވަން މެޖޯރިޓީ ތާޢީދު އޮންނަ ވާހަކައެއް، އެއީ ވަރަށް ގިނަ ސިޔާސީ ލީޑަރުން އެބަ ތިބި، ކޮންމެ މީހަކަށް ވެސް ތާއީދު ކުރާ ބަޔަކު ތިބޭނެ." އަފީފް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އަފީފް ، ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވިދާޅުވީ، އޭނާއަށް ފިޔަވަޅު އެޅުމަށް ރައީސް ޞާލިޙް އަންގަވައިފައިވާ ކަމަށެވެ. އަދި އެގޮތަށް އެންގެވީ ރައީސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ފަދަ ވާހަކައެއް ދެއްކެވުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކުރީރޭ ބުނި އެއްޗަކުން މިހިރީ ޕާޓީގެ ފަރާތުން އަޅުގަނޑަށް ފިޔަވަޅު އަޅަން ވެސް އަންގައިފައި. އެހެންވީމަ މިރޭ އަނެއްކާ ނޭނގޭ ކޮންކަހަލަ ފިޔަވަޅެއްކަން ވެސް އަޅަން އަންގާނީ" އަފީފް އިޝާރާތް ކުރެއްވީ ރައީސް ޞާލިޙަކީ އަދާލަތު ޕާޓީގެ މެންބަރެއް ކަމެއް ނޫން ކަމެއް ވެސް ނޭނގޭ ކަމަށް ދިވެހި ޗެނަލްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވިދާޅުވި ވިދާޅުވުމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް