އިޖުތިމާޢީ

ރައީސް ޞާލިޙަކީ އެމްޑީޕީއަށް ލިބުނު ކެހިވެރި މިތުރެއް: ޑރ. ޖަމީލު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޑރ. މުހައްމަދު ޖަމީލް އަހުމަދު.. ދެން އިމޭޖްސް

ވެރިކަން ކުރާ އެމްޑީޕީއަށް ވެސް ލިބުނީ ކެހިވެރި މިތުރެއްކަން މިއަަދު ސާފުވެއްޖެކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ހުންނެވީ މަޖިލީހުގެ މެޖޯރިޓީއާ އެކީ ކަމަށާއި އެ މެޖޯރިޓީ ދަމަހައްޓަވާނެ ކަމަށް ވިދާޅުވިއެވެ. އެކަމާ ގުޅުވައިގެން ރައީސް ޞާލިޙް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް ވެރިކަމެއް ކުރައްވާއިރު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުން ވަނީ ވަރަށް އުދަނގޫ ކަމަކަށް ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން އެކުލަވައިލި ކޮންމެ ސަރުކާރަކުން ވެސް އެކަން ވަނީ ތަހައްމަލް ކޮށްފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީން އެންމެ ފުރަތަމަ ވެރިކަމަށް އައިއިރު މަޖިލީހުގެ މެޖޯރިޓީ ނެތުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށާއި ނަމަވެސް ފަހުން މެޖޯރިޓީ ގެއްލި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ވަޑައިގަތީ މުޅިން އެހެން މަގަކުން ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް މިރޭ ވިދާޅުވީ ދިވެހި ގައުމު ދަރަނިވެރިކޮށް މިސްރާބު ގެއްލި އަދި ބޭރު މީހުން ހުންގާނަށް ފައިބަން ފުރުސަތު ދިނީ ސީދާ ރައީސް ޞާލިޙްގެ ވިސްނުމަށްކަން މިއަދު އެނގިއްޖެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!