Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުޅި ދައުލަތް އޮތީ ޢަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން: ހައިލަމް

މުޅި ދައުލަތް އޮތީ ޢަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން: ހައިލަމް

މުޅި ދަޢުލަތް އޮތީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެންކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިފަދައިން ވިދާޅުވީ ޖިންސީ ފުރައްސާރައިގެ ދައުވާތަކެއް އުފުލައިފައިވާ މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޝަރީއަތްތައް ހިންގަން ޖެހުމުން، އޭނާގެ ކުރިމަތީ ކޯޓުތަކުން ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ހައިލަމް ވިދާޅުވީ ކޯޓުތަކުން ތަކުރާރުކޮށް އަންގައިގެން ވެސް ޙާޟިރު ނުވުމުން ބަންދުކުރުމުގެ އަމުރު ނެރުމަށް ފަހު ރެޑް ނޯޓިހަށް އެދުމަށް ފުލުހުންނަށް އަމުރުކުރި ނަމަ މިއަދު ޢަލީ ވަޙީދު ހުންނާނީ ރާއްޖޭގައި ކަމަށެވެ. އަދި ފެންނަމުން ދަނީ މުޅި ދައުލަތް އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައިވާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/ahmedhailam/status/1425481027187732483?s=21

ސުޕްރީމް ކޯޓުގައި އިއްޔެ އޮތް މައްސަލައަކީ ޢަލީ ވަހީދުގެ މައްޗަށް އުފުލައިފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ.

އިއްޔެގެ އަޑުއެހުމަށް ހާޒިރުވުމަށް އީމެއިލް މެދުވެރިކޮށް ސުޕްރީމް ކޯޓުން އަލީ ވަހީދަށް ޗިޓް ފޮނުވި ނަމަވެސް އަޑުއެހުމަށް ހާޒިރުނުވުމުން ސުޕްރީމް ކޯޓުން ނިންމައިފައި ވަނީ އެއީ އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ގާނޫނުލްއުގޫބާތުގެ ދަށުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށް، އެ ހުކުމް ތަންފީޒުކުރުމަށް ދައުލަތުގެ މައްޗަށް ވަނީ އަމުރު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް