Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރައްޔިތުންގެ މަޖިލިސް

ރައީސް ޞާލިޙްގެ އަތްޕުޅުގައި މަޖިލީހުގެ ކޮންޓްރޯލް އޮތް ކަމަށް ބުނުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް: ޝަހީމް

ރައީސް ޞާލިޙްގެ އަތްޕުޅުގައި މަޖިލީހުގެ  ކޮންޓްރޯލް އޮތް ކަމަށް ބުނުމަކީ  ފަހަތަށް އެޅުނު ފިޔަވަޅެއް: ޝަހީމް

ވެރިކަން ހިންގުމުގެ ބާރުގެ އެންމެ މަތީވެރިޔާ، މަޖިލީހުގެ ކޮންޓްރޯލް އޮތް ކަމަށް ބުނުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައި ވަނީ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިވަގުތު މަޖިލީހުގެ މެޖޯރިޓީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮތް ކަމަށް އެމަނިކުފާނު ވިދާޅުވުމާ ގުޅިގެންނެވެ. މިގޮތުން ރައީސް އިއްޔެ ވިދާޅުވީ، މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ އުދަނގޫ ކަމެއް ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިގެން ގޮސްފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމުން ދިމާވި މައްސަލަތައް ކަމަށެވެ. އަދި މެޖޯރިޓީ ހޯދަން ކުރަން ޖެހުނު މަސައްކަތެއް ކުރައްވާނެ ކަމަށާއި މިވަގުތު މެޖޯރިޓީ އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ.ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި ވެރިކަން ހިންގާ ބާރުގެ އައްދަށުގައި ގާނޫނު ހެދުމުގެ ބާރު އޮތްކަން އިއުލާން ކުރުމަކީ ކަންބޮޑުވުމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

"ތިން ބާރު ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާންޖެހޭ އިރު، ވެރިކަން ހިންގާ ބާރާއި ޤާނޫނޫ ހެދުމުގެ ބާރު ވަކި ފަރާތެއްގެ އަތްދަށުވެ އެފަރާތުގެ ކޮންޓްރޯލްގެ ދަށުގައިވާކަން ރަސްމީކޮށް އިޢުލާންވެގެން ދިއުމަކީ ފަހަތަށް އެޅުނު ފިޔަވަޅެއް" ޝަހީމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް