Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

އަފީފްގެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހަޅަން ޖެހޭ ސަބަބެއް ނެތް: އާޒިމް

އަފީފްގެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހަޅަން ޖެހޭ ސަބަބެއް ނެތް: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފްގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ ގުރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އަލީ އާޒިމް މިހެން ވިދާޅުވީ "ރައީސް ޞާލިޙް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމެއްވެސް ނޭނގޭ" ކަމަށް ވިދާޅުވެ އަމިއްލަ ޓީވީ ޗެނަލެއްގައި ހަސަން އަފީފް ވާހަކަދައްކަވާފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހުށަހެޅުއްވުމާ ގުޅިގެންނެވެ. އެގޮތުން އަލީ އާޒިމް މިއަދު ވިދާޅުވީ، އަފީފުގެ މައްސަލަ ޕީޖީ ގްރޫޕަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އޭނާއާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާއަކީ ޕީޖީ ގުރޫޕްގެ އުސޫލުތަކާ ހިލާފުވެފައި އޮތް މައްސަލައަކާ ގުޅޭ ޝަކުވާއެއް ނޫން ކަމަށެވެ.

"ޕީޖީ ގުރޫޕަށް އަންނާނީ މިސާލަކަށް ވިޕްލައިނަކާ ހިލާފުވުން ފަދަ މައްސަލައެއް. އެކަހަލަ ކަމެއް ހަސަން އަފީފް ކުރެއްވި ކަމަކަށް ޝަކުވާއިން އެނގޭކަށް ނެތް،" އަލީ އާޒިމް ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެ އިތުރުން އަލީ އާޒިމް ވިދާޅުވީ އަފީފްގެ މައްސަލައަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ފާޑުވިދާޅުވުން ކަމަށްވާ ނަމަ އެ މައްސަލަ ޕީޖީ ގުރޫޕުން ބެލުމުގެ ބަދަލުގައި ބަލަން ވާނީ ޕާޓީގެ އިދާރީ މައްސަލައެއްގެ ގޮތުގައި ، ކަމާ ގުޅޭ ކޮންމެވެސް އެހެން ކޮމިޓީއަކުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް