Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ފޮނަދޫގެ މޮނީޓަރިންއިން ނަގައިފި

ފޮނަދޫގެ މޮނީޓަރިންއިން ނަގައިފި

ކޮވިޑް-19 ފެތުރުމާ ގުޅިގެން މޮނީޓަރިންގަށްލީ ލ. ފޮނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.

ފޮނަދޫ މޮނީޓަރިންގެ ހާލަތަށް ލައިފައި ވަނީ އަލާމާތް ހުރެގެން ފޮނަދޫން ޑަކްޓަރަށް ދެއްކި މީހަކު ކޮވިޑް-19އަށް ފައްސިވެގެން، މި މަހުގެ 3 ވަނަ ދުވަހުއެވެ.

ފޮނަދޫ ހެލްތު ސެންޓަރުން އެއިރު ވިދާޅުވީ، ފައްސިވެފައި ވަނީ 1 އޯގަސްޓްގައި ނެގުނު ސުންކެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

"ދެން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފައްސިވި މީހާއަކީ މާލެއިން އެ ރަށަށް ދިޔަ މީހެކެވެ.

ފޮނަދޫއާ އެކު އެ ދުވަހު އެ އަތޮޅު ގަން ވެސް ވަނީ މޮނީޓަރިންގަށް ލައިފައެވެ.

ގަން-ފޮނަދޫ ފުރަތަމަ ފަހަރަށް މޮނިޓަރިންނަށް ލައިފައި ވަނީ ގއ.ދެއްވަދޫން ފޮނަދުއަށް ދަތުރު ކުރި 4 މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެން 9 ޖެނުއަރީގައެވެ. އޭގެ ފަހުން އޭޕްރީލް މަހު 24 ވަނަ ދުވަހު އަނެއްކާ ވެސް އެ ދެ ރަށް މޮނިޓަރިންނަށް ލިއެވެ. އެފަހަރު މޮނިޓަރިންގެ ހާލަތުން ވީއްލީ 87 ދުވަސް ފަހުންނެވެ. އެއީ، ގަމާ އިންވެގެން އޮންނަ ލ.މާންދޫން ފެނުނު ކޮވިޑް-19 ވޭދަނަތަކާ ގުޅުން ހުރި ބަަޔަކު އެ ދެ ރަށުން ބައްޔަށް ފައްސިވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް