ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ
މާލޭގައި ގޭސްފުޅިއެއް ގޮވައި 2 މީހުންނަށް އަނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ހާދިސާ ހިނގައިފައި ވަނީ ބިސްބުރު ކައިރީގައި ހުންނަ ވަގުތީ މިސްކިތް ކައިރީގައި ހުންނަ ގުދަނެއްގައި ކަމަށެވެ.
މި ހާދިސާގައި ދިވެއްސަކާއި ބިދޭސީއަކަށް އަނިޔާވެފައިވާއިރު އެކަކު ފިހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ފިހުނު މީހާ މިހާރު ވަނީ އިތުރު ފަރުވާއަށް ގެންދެވިފައެވެ.
ގޮވައިފައިވައި ވަނީ FM200ގެ ސިލިންޑާއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
Ads by HDC