Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ޑޭޓާތައް ޑިލީޓްވި ވާހަކަ ކަސްޓްމްސްއިން ދޮގުކޮށްފި

ޑޭޓާތައް ޑިލީޓްވި ވާހަކަ ކަސްޓްމްސްއިން ދޮގުކޮށްފި

ކަސަޓަމްސްގެ ސާވާތަކުގައި ހުރި ޑޭޓާ ޑިލީޓުވިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ކަސްޓަމްސްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސްގެ ސެކްޝަން ހެޑް ފާތިމަތު ޝިފާޒާ ވިދާޅުވީ ކަސްޓަމްސްގެ ޑާޓާތައް ޑިލީޓްވި ކަމަށް ބުނެ ދެކެވެނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

"ތެދެއް ނޫން. އެކަމާ ގުޅިގެން އަޅުގަނޑުމެން މިހާރު މިދަނީ ސްޓޭޓްމަންޓްއެއް ތައްޔާރު ކުރަމުން،" ޝިފާޒާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ކަސްޓަމްސްއިން މިހެން ވިދާޅުވެފައި މިވަނީ އެ އިދާރާގެ ޑޭޓާބޭސްގައި ރައްކާކޮށްފައިވާ ހުރިހާ މައުލޫމާތެއް "ޑިލީޓް" ވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްއިން މިއަދު ކުރި ޓްވީޓެއްގައި ވެސް ވިދާޅުވެފައި ވަނީ ކަސްޓަމްސްގެ އަމިއްލަ ބޭނުމަކަށް އިދާރީ ބައިގައި ބޭނުންކުރި ފައިލްތަކެއްގައި ރޭގެ ވަގުތެއްގައި މައްސަލަތަކެއް ދިމާވި ކަމަށާއި ނަމަވެސް އެ ފައިލްތައް ވެސް މިހާރު ރިކަވާ ކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް