ދުނިޔެ

ތާލިބާނުން ކާބުލްއަށް ވަނުމާ އެކު ރައީސް ޣަނީ ފިއްލަވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަފްގާނިސްތާނުގެ ވެރި ރަށް ކާބުލްއަށް ތާލިބާނުން ވަނުމާ އެކު، އެ ޤައުމުގެ ރައީސް އަޝްރަފް ޣަނީ ޤައުމު ދޫކުރައްވައި ފިއްލަވައިފިއެވެ.

Ads by WAMCO

ކާބުލް ވަށައިލައިގެން ތިބުމަށް ފަހު ތާލިބާނުން ވަނީ މީގެ އިރުކޮޅެއް ކުރިން ވެރި ރަށަށް ވަދެފައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ހަނގުރާމަވެރިން ވަނުމާ އެކު ރައީސް އެ ޤައުމު ދޫކުރައްވާ ވަޑައިގެންފައިވާ ކަމަށް އަފްގާނުގެ ޗީފް ނެގޯޝިއޭޓަރ ޢަބްދުﷲ ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ސީނިއާ އިންޓީރިއާ މިނިސްޓްރީގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، ރައީސް ޣަނީ އަފްގާނިސްތާނު ދޫކުރަށްވާ ވަޑައިގަތީ ތަޖިކިސްތާނަށް ކަމަށެވެ.

ރައީސް ޣާނީ ފިއްލަވައިފައި މިވަނީ އަފްގާނިސްތާނު ހިންގުމުގެ ބާރުތަށް ތާލިބާނުންނަށް ދިނުމަށް ސުލްޙަވެރި މަޝްވަރާތައް ކުރެވެމުން ދަނިކޮށެވެ.

ފާއިތުވީ ދެ ހަފްތާ ތެރޭގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން 26 ޕްރޮވިންސެއް ހިފައި، އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައެވެ.

ރައީސް ޣަނީ ޤައުމު ދޫކުރައްވާ ފިއްލެވި މައްސަލަ ބަލަމުން އަންނަ ކަމަށް ތާލިބާނުންގެ އޮފިޝަލަކު ވަނީ ބުނެފައެވެ.

ތާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނި ގޮތުގައި ކާބުލްގެ ފުލުސް އޮފީސްތަކާއި ސަރުކާރުގެ އިދާރާތަކުގެ ސެކިއުރިޓީން މިހާރު ވަނީ ކާބުލް ދޫކޮށް ގޮސްފައެވެ. އެހެންކަމުން އެ ސިޓީގައި ވައްކަމާއި ލޫޓުވުން ފަދަ ކުށްތަކަށް ޖާގަ ނުދިނުމަށް ޓަކައި، އެފަދަ ހާދިސާތައް ހިނގާފާނެ ސަރަހައްދުތަކަށް ތާލިބާން ޖަމާއަތުގެ މެމްބަރުން ފޮނުވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by HDC
  1. ޢަފުއާނިސް ތާނަކީ އިސްލާމީ ފުތޫހާތުގެ ވަރަށް ކުރީގައި އިސްލާދީން ޤާބޫލުކޮށްއިސްލާމީ ވަރުގަދަ ހަލާރަތެއް އުފެދުނު އިސްލާމީ ސަޤާފަތެއް އޮތް އިލްމީ ބޭފުޅުން އުފެދުނު ޤައުމެއް، ﷲ އަފުޢަނުގެ އަހުލުވެރިންނަށް ސާބިތުކަން ދެއްވައި ޤައުމު ބިނާކުރުމުގެ ހެޔު ތައުފީޤް މިންވަރު ކުރައްވާށި !ޢާމީން