Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އާރުޑީސީގެ އޮފީސް އަނެއްކާ ވެސް ފަޅައިލައިފި

އާރުޑީސީގެ އޮފީސް އަނެއްކާ ވެސް ފަޅައިލައިފި

ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް އަނެއްކާ ވެސް ފަޅައިލައިފިއެވެ.

ފުލުހުން ވިދާޅުވީ އާރްޑީސީ އޮފީސް ފަޅައިލައި ވައްކަން ކޮށްފައިވާ ކަމުގެ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އާރުޑީސީ އޮފީސް ފަޅާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 7:45 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެސަރަހައްދުގައި މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުދެއެވެ.

އާރްޑީސީން ވިދާޅުވީ އޮފީސް ފަޅައިލި މީހާ އެ އޮފީހަށް ވަދެފައި ވަނީ ރޭގެ ވަގުތެއްގައި ފުރާޅުން ޓިނު ނައްޓައިގެން ސީލިންގު ފަޅައިލައިގެން ކަމަށެވެ. އެ އޮފީހުގައި އެއްވެސް ވަރަކަށް ފައިސާ ބެހެއްޓިފައި ނުވާ ކަމަށް އާރްޑީސީން ވިދާޅުވެއެވެ.

Advertisement
Allied Insurance — Square (box)

މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ވެސް އާރުޑީސީގެ އޮފީސް ފަޅައިލާ 100،000އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފައި ވެއެވެ. އެ މައްސަލައިގައި އެޕްރީލް 25ވަނަ ދުވަހު 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 33 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް