Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ދާންދޫގައި ހަށިވިއްކި މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ދާންދޫގައި ހަށިވިއްކި މީހުންގެ ބަންދަށް އިތުރު 15 ދުވަސް

ހަށި ވިއްކުމުގެ މައްސަލައެއްގައި ގއ.ދާންދޫން ހައްޔަރު ކުރި ހަތް މީހުންގެ ބަންދަށް އިތުރު ފަނަރަ ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ، ހަށި ވިއްކައިގެން ގއ. ދާންދޫން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހައްޔަރު ކުރި ހަތް މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައިވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި އަންހެނަކާއި، 24 އަހަރުގެ ދިވެހި އަންހެނަކާއި، 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 25 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނަކާއި 27 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

Advertisement
Ooredoo — Truecaller (box)

މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް