Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހުކުމް ކުރުން ޑިސެމްބަރު މަހު

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހުކުމް ކުރުން ޑިސެމްބަރު މަހު

ރަހުމް ކުޑަ ގޮތަކަށް ހަމަލާދީ މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ނިންމައިލައި ފަހު ޑިސެމްބަރު 18ގެ ކުރިން ހުކުމް ކުރަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުމުގައި މިހާރު މި މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވަނީ މައްސަލަ ކުރިއަށް ގެންދާނެ ޝެޑިއުލެއް ކަނޑައަޅުއްވައިފައެވެ.

އެގޮތުން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ދިފާއީ ހެކިންނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަޑުއެހުމެއް ވަނީ ތާވަލްކޮށްފައެވެ. އޭގެ ފަހުން ޑިސެމްބަރު 18 ވަނަ ދުވަހުގެ ކުރިން ދައުވާ ލިބޭ މީހުންނަށް ހުކުމް ކުރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ވާރިސުންގެ ބަސް ނެގުން އޮތީ އޮކްޓޯބަރު މަހުގެ 14ވަނަ ދުވަހުގައެވެ. އަދި ނޮވެމްބަރު 18 ވަނަ ދުވަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ވެސް ގާޒީ ވަނީ ނިންމަވައިފައެވެ. ހުލާސާ ބަޔާނަށް ފަހު ދެން އޮންނާނީ ހުކުމް އިއްވުމެވެ.

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް