Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

މޮނިޓަރިންގައި އޮތް ރަށްތައް ގިނަ ވަނީ، މިއީ އިތުރަށް ސަމާލުވާންވީ ވަގުތު!

މޮނިޓަރިންގައި އޮތް ރަށްތައް ގިނަ ވަނީ، މިއީ އިތުރަށް ސަމާލުވާންވީ ވަގުތު!

މޮނިޓަރިންއަށް ލާ ރަށްތައް ގިނަވެ، މިވަގުތު މޮނިޓަރިންގައި އޮތްރަށުގެ ޖުމްލަ 15އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނި ވެސް ޖުމްލަ 6 ރަށް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އެއީ ހދ. މަކުނުދޫ، ބ. ކަމަދޫ، ބ. އޭދަފުށި، އދ. ހަންޏާމީދޫ، ހއ. އިހަވަންދޫ، ހދ. ނެއްލައިދުއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މެއި 25ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ރ. ދުވާފަރެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން ވެސް މޮނިޓަރިންއަށް ލައިފައިވާ ރަށްރަށަށް ބަލާލާއިރު ދެވަނައަށް އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތް ރަށަކީ ޖުލައި މަހުގެ 13 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ކ.ކާށިދޫއެވެ. މީގެ އިތުރުން ޖުލައި 29 ވަނަ ދުވަހު ދެރަށެއް ވަނީ މޮނިޓަރިންއަށް ލައިފައެވެ. އެއީ މ. ކޮޅުފުއްޓާއި ށ. ފީވަކެވެ.

މޮނިޓަރިންއަށް ލައިފައިވާ އިތުރު ރަށްތަކަށް ބަލާލާއިރު ހއ.ތަކަންދޫ، ދ. ކުޑަހުވަދޫ، އއ. ހިމަންދޫ، ތ. ހިރިލަންދޫ އަދި ގދ. ތިނަދޫ ހިމެނެއެވެ.

ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ “ނިއު ނޯމަލް”އަށް ދެވިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް މޮނިޓަރިންއަށް ލާ ރަށްތައް އަންނަނީ ގިނަވަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް