Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އޮޅުވައިލައިގެން ބައިލައްކަ ރުފިޔާގެ ވިޔަފާރިކޮށްފި

އޮޅުވައިލައިގެން ބައިލައްކަ ރުފިޔާގެ ވިޔަފާރިކޮށްފި

މާލޭގެ ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ބައި ލައްކަ ރުފިޔާގެ ވިޔަފާރިކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ޑައިވް ޝޮޕަކަށް ދެ ދުވަހެއްގެ މަތީން ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން، ޑައިވް ކޮމްޕްރެޝަރަކާއި އެއާ ގުޅުންހުރި ތަކެތި ނަގައިފައިވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ހުށަހަޅައިފައިވާ ކަމަށެވެ.

އެ މައްސަލަ ހުށަހެޅުމާ އެކު އެތަކެތި ހޯދުމަށް ފުލުހުންނާއި އެ ފިހާރައިގެ މުވައްޒަފުން ގުޅިގެން ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ކުރެވުނު މަސައްކަތުން އެ ތަކެތި ފެނިފައި ވަނީ މާލޭ ފަޅުގައި އޮތް ބޯޓަކަށް އަރުވާފައި ހުއްޓައެވެ.

Advertisement
Allied — Dhen Online (box)

ސައްހަ ނޫން ސްލިޕް ފޮނުވައިގެން މި އޮގަސްޓު މަހުގެ 16އަދި 17 ވަނަ ދުވަހު އެ ފިހާރައިން ކޮށްފައިވާ ވިޔަފާރީގެ އަގު 171،292 ރުފިޔާއަށް އަރައެވެ.

މި މައްސަލަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް