ތާލިބާނުންނަކީ ދެކުނު އޭޝިއާއަށް އޮތް ބިރެއް: ރައީސް ނަޝީދު

އަފްގާނިސްތާނުގެ ބާރު ތާލިބާނުންގެ އަތް ދަށުގައި އޮތުމަކީ ދެކުނު އޭޝިއާއަށް އޮތް ބިރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މި ސަރަހައްދުގެ އެތައް ގައުމަކަށް ތާލިބާނުންގެ ނުރައްކާ ފޯރައިފައިވާ ކަމަށާއި އެމީހުންނާ ގުޅިގެން ހަރުކަށި ފިކުރުގެ ޖަމާއަތްތަކަށް މަސައްކަތްކުރުމުގެ މަގު ފަހިވެފައިވާ ކަމަށެވެ.
"ތާލިބާނުން އަފްގާނިސްތާނަށް ވެރިވެގަތުމަކީ ހަރުކަށި ފިކުރުގެ މީހުންނަށް ސުވަރުގެއެއް ގޮތަށް މި ސަރަހައްދު ބަދަލުވެގެންދާނެ ކަމެއް. އެމީހުންގެ ކަންކަން ރޭވުމާއި، ޓްރެއިނިންތައް ރާވާ ހިންގުމުގެ އިތުރުން ހަމަލާ ދިނުމަށް ފަސޭހަވެގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ތާލިބާނުން ދެކުނު އޭޝިއާގެ ގައުމުތައް ހިފަން ބޭނުންވާ ކަމަށާއި ގައުމުތަކަަށް ހަމަލާ ދޭން ފަސް ނުޖެހޭނެ ކަމަށެވެ.
އެގޮތުން ރާއްޖެ، އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާން، އަދި ކޮންމެ ގައުމެއް ނަމަވެސް (ތާލިބާނުން) ބޭނުން ވަނީ ހަމަލާ ދޭން ކަމަށާއި އެމީހުންނަށް މިހާރު މިނިވަންކަމާއެކު އެކަން ކުރުމަށް ފުރުސަތު އޮތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.





.webp)

ކޮމެންޓް