Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެއަށް!

ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އެނބުރި މާލެއަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ އެއަތޮޅުގެ 7 ރަށަކަށް ވަޑައިގަންނަވައި އެރަށްރަށުގެ މުއައްސަސާތަކާ ބައްދަލު ކުރައްވާ އެތަންތަނުގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައިލެއްވިއެވެ.

މިދަތުރުފުޅު ނިންމަވައި ލެއްވުމަށް ފަހު އެ މަނިކުފާނު މާލެ ވަޑައިގަންނަވާފައި ވަނީ މިރޭގެ ވަގުތެއްގައެވެ. ދަތުރުފުޅު ނިންމަވާލެއްވިކަން ސޯޝަލް މީޑިޔާގައި ހިއްސާ ކުރައްވާ ރައީސް އޮފީހުގެ ސްޕޯކްސް ޕާރސަން މަބްރޫކް އަޒީޒް ވިދާޅުވީ މި ދަތުރުފުޅުގައި ރަށްރަށުން ރައީސްއާ ހިއްސާ ކުރެއްވި މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/MvSpokesperson/status/1428374246216986625

ރައީސުލް ޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. އަތޮޅުގެ ހަތް ރަށަކަށް ޒިޔާރަތްކުރައްވާފައިވާއިރު މި ރަށްރަށުގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ޙާލަތު ބައްލަވައިލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިން އަދި، ވިޔަފާރިވެރިންނާ ވެސް ވަނީ ބައްދަލުކުރައްވައިފައެވެ. އަދި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެ ރަށު ރައްޔިތުންނާ ވެސް ވަނީ ބައްދަލު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް