އިޖުތިމާޢީ

ބޭރު ޤައުމުތަކުން ވެކްސިން ކާޑު ބަލައި ނުގަންނަ ކަމުގެ މައްސަލައެއް ލިބިފައެއް ނުވޭ: އެޗްޕީއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް ވެކްސިން ފުރިހަމަ ކުރުމަށް ފަހު ދޫކުރާ ވެކްސިން ކާޑު ބޭރު ޤައުމުތަކުން ބަލައި ނުގަންނަ ކަމުގެ އެއްވެސް މައްސަލައެއް ލިބިފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by MWSC

ކޮވިޑް ވެކްސިން ޖެހުމުން އެޗްޕީއޭއިން ދޫކުރި ކާޑު ބޭރުގެ ބައެއް ގައުމުތަކުން ބަލައި ނުގަންނަ ކަމަށް ބައެއް ފަރާތްތަކުން ދަނީ މީސް މީޑިއާގައި ބުނަމުންނެވެ.

އެގޮތުން ޓްވިޓާގައި މީހަކު ބުނެފައި ވަނީ ޔޫއޭއިން އޭނާގެ ވެކްސިން ކާޑު ބަލައި ނުގަތް ކަމަށެވެ. ސަބަބަކަށްވީ ގައުމީ ނިޝާނެއް އޭގައި ނެތުމުން ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއާއި ފޮރިން މިނިސްޓްރީން ވެސް ބުނެފައި ވަނީ އެފަދަ މައްސަލައެއް ހުށަހަޅައިފައި ނުވާ ކަމަށެވެ.

އެޗްޕީއޭއިން ދާދި ފަހުން ވަނީ "ކޮވިޑް ސޭފް"ގެ ނަމުގައި ވެކްސިން ޕާސްޕޯޓެއް ވެސް ތައާރަފްކޮށްފައެވެ. މި ޑިޖިޓަލް ވެކްސިން ޕާސްޕޯޓާ އެކު އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކުރުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބުނެއެވެ. އަދި އެއީ ހެލްތު މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ރަސްމީ ޑިޖިޓަލް ވެކްސިން ޕާސްޕޯޓް ކަމަށް ވެސް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!