Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ރައީސް ޞާލިޙް ދިރިއުޅުއްވާ މުލިއާގެ ގޮއްވައިލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި

ރައީސް ޞާލިޙް ދިރިއުޅުއްވާ މުލިއާގެ ގޮއްވައިލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިރިއުޅުއްވާ މުލިއާގެ ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ދޫކޮށްލައިފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މުލިއާގެ ގޮއްވައިލާނެ ކަމަށް ބުނުމުން ބަންދު ކޮށްފައި ހުރި މީހާ ދޫކޮށްލީ މިމަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، އެ މީހާ ދޫކޮށްލައިފައި ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ނިންމުމާ ގުޅިގެންނެވެ. ނަމަވެސް އޭނާ ދޫކޮށްލައިފައި ވަނީ ތިން ފަހަރަށް ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހުގައެވެ.

Advertisement
Ooredoo — Truecaller (box)

ރައީސް ޞާލިޙް ދިރިއުޅުއްވާ މުލިއާގެ ގޮއްވައިލާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ދެ މީހަކު ހައްޔަރުކުރީ މިދިޔަ ޖުލައި ނުވަވަނަ ދުވަހުއެވެ.

އެ ދެ މީހުން އެ ދުވަހު ވަނީ މުލިއާގެ ކައިިރީގައި ތިބެ އެ މީހުންގެ އަތުގައި އޮތް ފޮއްޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އަޑު ގަދަ ކޮށް، ފޮށިގަނޑުގައި އޮތް އެއްޗެއް ގޮއްވައިލާނެ ކަަމަށް އިންޒާރު ވެސް ދީފައެވެ.

އިންޒާރާ ގުޅިގެން އެ ދެ މީހުން ހައްޔަރުކުރީ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނަކަށް ފަހުއެވެ. ނަމަވެސް އެތަނުން އެކަކު ވަނީ ހައްޔަރުކުރި ދުވަހުގެ ރޭ ދޫކޮށްލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް