ޚަބަރު

ތިމަރަފުށީގައި ޒުވާނަކު ދަންޖެހިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ތ. ތިމަރަފުށީގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

Ads by MWSC

"ދެން" އަށް އެނގިފައިވާ ގޮތުގަައި ދަންޖެހިގެން މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ރަށުން މީހަކު ދަންޖެހިގެން އުޅޭކަން އެ ރަށު ކައުންސިލުން ވެސް ވަނީ "ދެން" އަށް ޔަގީން ކޮށްދެއްވައިފައެވެ.

ތިމަރަފުށީ ކައުންސިލު ރައީސް އިސްމާއިލް އިބްރާހިމް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މީހަކު ދަންޖެހިގެން އުޅޭކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބުނީ މިއަދު މެންދުރުފަހު 2:00 ހާއިރު ކަމަށެވެ.

"ނަމަވެސް ޑޮކްޓަރުން ބުނީ ހަތަރެއް ނުވަތަ ފަސް ގަޑިއިރު ވަރު ވެފައޭ ވަނީ ދަންޖެހުން ފަހުން" ކައުންސިލު ރައީސް ވިދާޅުވިއެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރައްވަމުންނެވެ.

މާތްﷲ ވަހީ ކުރައްވާފައިވެއެވެ.

يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا

މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.

  1. މާތްﷲ ވަހީ ކުރައްވާފައިވެއެވެ.