Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އިސްލާމްދީނާއި ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރުން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް: ޑރ. ޝަހީމް

އިސްލާމްދީނާއި ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރުން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް: ޑރ. ޝަހީމް

އިސްލާމްދީނާއި ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރުން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ މުޖުތަމަޢެއްގައި ހަމަޖެހުމާއި އަމާންކަމާއި ޞުލްޙަވެރިކަން އޮތުން ބިނާވެފައި އޮންނަނީ އެ މުޖުތަމަޢުގައި ދީނުުގެ ޙުކުމްތަކަށް އޮންނަ ޤަދަރާއި އިޙުތިރާމްގެ މައްޗަށް ކަމަށެވެ.

"އިސްލާމްދީނާއި ދީނުގެ ޝިޢާރުތަކަށް ފުރައްސާރަކުރުން ހުއްޓުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އިސްލާމީ މުޖުތަމަޢެއްގައި ހަމަޖެހުމާއި އަމާންކަމާއި ޞުލްޙަވެރިކަން އޮތުން ބިނާވެފަ އޮންނަނީ އެ މުޖުތަމަޢުގައި ދީނުުގެ ޙުކުމްތަކަށް އޮންނަ ޤަދަރާއި އިޙުތިރާމްގެ މައްޗަށް." ޑރ. ޝަހީމްގެ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/Mohamedshaheem1/status/1430030663957192705

ޑރ. ޝަހީމް މިހެން ވިދާޅުވެފައިވާ އިރު ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން އަންނަނީ ގިނަވަމުންކަން ފާހަގަ ކުރެވެއެވެ. މިގޮތުން ފާޅުގައި ދީނަށް ފުރައްސާރަކުރުމާއި ދީނުގެ ޝިއާރުތަކަށް ގޮންޖެހުން ފަދަ ކަންކަން އިތުރުވަމުން އަންނައިރު މިފަދަ ކަންކަން ކުރާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

މީގެ އިތުރުން އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނައި، ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައިފައިވާކަން މީގެ ކުރިން އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް